 އަލްޙާފިޡާ ފާޠިމަތު ޝުޢާޢު ޝާހު
                އަލްޙާފިޡާ ފާޠިމަތު ޝުޢާޢު ޝާހު 
                ދަފްތަރު ނަންބަރު: ދރ 1519
            ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ ޝުޢާޢުގެ ލޮބުވެތި މަންމަ ޤުރްއާން ހިތުދަސްކުރައްވަމުން ގެންދަވާތަން ފެނިވަޑައިގަންނަވައިގެންނެވެ. ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ އުމުރުން 9 އަހަރުގައެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡް ކުލާހުގައި ބައިވެރިވެވަޑައިގެން 25 ފޮތް ހިތުން ދަސްކުރެއްވިއެވެ. ދިރިއުޅުއްވުން އެހެން ރަށަކަށް ބަދަލުވުމާ ގުޅިގެން، ބާކީ 5 ފޮތް ދަސްކުރައްވައި ކިޔައިދެއްވީ މަންމައަށެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިމުނީ 2013 ވަނަ އަހަރުއެވެ. އޭރު އުމުރަކީ 14 އަހަރެވެ. ޤުރްއާނާބެހޭ މަރުކަޒުގެ އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ މި އަހަރުގެ ޖޫންމަހުއެވެ.