އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާހިރު
މއ. އަސާސް

ކީރިތި ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން އެންމެ 3 އަހަރުގައެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، އުމުރުން އެންމެ 7 އަހަރުގައެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ގަޑިއިރު ޤުރްއާން ކިޔަވަން ހޭދަކުރައްވައެވެ. އުމުރުން 9 އަހަރުގައި މާތްﷲގެ އިރާދަފުޅާއެކު، މުޅި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވިއެވެ. މުރާޖަޢާ ކުރުމުގެ މަސައްކަތް މި އަހަރު ފަށްޓަވައި، އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު ޝާޔާގެ އުމުރަކީ 10 އަހަރެވެ.