އަލްޙާފިޡާ މާއިޝާ ޢަބްދުއްރަޙީމް
ކިނާރާ ނ. ލަންދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ސްކޫލް ދައުރުގައެވެ. ސްކޫލް ނިންމެވުމަށްފަހު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސް ކުރެއްވުމުގެ މަސައްކަތް ފެށްޓެވީ 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމެވީ، އޭގެ ދެ އަހަރާއި ފަސް މަސް ދުވަސް ފަހުންނެވެ. 11 މަސް ދުވަހުގެ ތެރޭގައި މުރާޖަޢާ ނިންމެވުމަށްފަހު، އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ، މި އަހަރުގެ ޖުލައި މަހުއެވެ.