އަލްޙާފިޡް މުޙައްމަދު ޒާއިން އަޝްރަފް
އާބަހާރުގެ ކ. ކާށިދޫ
2013 ވަނަ އަހަރު ކާށިދޫ ކައުންސިލުގެ ފަރާތުން، ސްރީލަންކާއިން ޙާފިޡަކު ގެންނަވައި ޤުރްއާން ކުލާސް ހިންގަވަން ފެށްޓެވުމުން، އެތަނުގެ ހިތުދަސް ކުލާހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރްޞަތު ލިބިވަޑައިގަތެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، ފައިޞަލް ފައުންޑޭޝަނުގެ ފަރާތުން ކާށިދޫ އަދި ގާފަރަށް ހުޅުވާލައިގެން ބޭއްވި ޤުރްއާން މުބާރާތުގައި ބައިވެރިވެވަޑައިގެން، ނުބަލައި ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން 1 ވަނަ ހޯއްދެވި ހިސާބުންނެވެ. އޭގެފަހުން ސްރީލަންކާގެ ކެންޑީގައި ހުންނަ އަލް ޙައްޤާނިއްޔާ އެރެބިކް ކޮލެޖަށް 2018 ވަނަ އަހަރު ބަދަލުވެވަޑައިގެން، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 11 މަސް ދުވަހުން މި އަހަރުގެ ފެބުރުވަރީ މަހުއެވެ.