އަލްޙާފިޡާ މަރްޔަމް މިކްޔާސް ސަލްމާން
އަޅިފަށުވިގެ ގއ. ގެމަނަފުށި

ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ޤުރްއާން ހިތުދަސްކުރެއްވުމަށް ހިތްވަރު ދެއްވީ، މިކްޔާސްގެ ލޮބުވެތި ބައްޕައެވެ. ގޭގައި ކޮއްކޮމެންނާ އެކީގައި ވާދަވެރި ރޫޙެއްގައި ޤުރްއާން ހިތުދަސްކުރެއްވުމުގެ މާޙައުލެއް މަންމައާއި ބައްޕަ ޤާއިމުކޮށްދެއްވިއެވެ. އެއަށްފަހު، ގޭގައި ދަސްކުރައްވާ ޞަފްޙާތައް، ޤުރްއާނާބެހޭ މަރުކަޒުގެ އުސްތާޛުންނަށް ކިޔައިދެއްވަމުން ގެންދެވިއެވެ. އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ، މި އަހަރުގެ އެޕްރީލު މަހުއެވެ. ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވިއިރު، މައިންބަފައިންނާއި، އުސްތާޛުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި ހިތްވަރު މިކްޔާސް ފާހަގަކުރައްވައެވެ.