އަލްޙާފިޡް މުޙައްމަދު ރަފާޙު އަޙްމަދު
މ. ބަބުކެޔޮގަސްދޮށުގެ

ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، ގްރޭޑް 5 ގައި އުޅުއްވަމުންނެވެ. އެއަށްފަހު، ޓީޗަރަކު ގެޔަށް ގެންނަވައިގެން، އެއް އަހަރުން ޚަތިމު ކުރައްވައި ނިންމެވިއެވެ. ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމެވީ، އުމުރުން 13 އަހަރުގައެވެ. މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރެއްވީ، ދުވާލުގެ ވަގުތުގައެވެ. މި އަހަރު ޢިމާދުއްދީން ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވަނިކޮށް، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ، ޓީޗަރުން ކޮށްދެއްވި މަސައްކަތުންނެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާސް ނިންމަވައި، އިމްތިޙާނު ކޮމިޓީއަށް ކިޔަވައިދެއްވީ ޑިސެންބަރު 2018 ގައެވެ.