އަލްޙާފިޡް ސިބްޣަތުﷲ އަޙްމަދު
ރަޝީދާ މަންޒިލް ފ. ނިލަންދޫ
ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ 2012 ވަނަ އަހަރު މޭ މަހު، މިތުރު ޤުރްއާން ކްލާހުން ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން ހިންގި ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަންނަވައިގެންނެވެ. 2013 ވަނަ އަހަރުން ފެށިގެން ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވީ، އަމިއްލައަށް ޢާއިލާގެ އެހީތެރިކަމާ އެކުގައެވެ. އަދި ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭގެފަހުން އުފަން ރަށް، ފ. ނިލަންދުއަށް ބަދަލުވެވަޑައިގެން ޑިޖިޓަލް ޤުރްއާނުގެ އެހީގައިވެސް ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އަލުން 2017 ވަނަ އަހަރު ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމަވައި އިމްތިޙާނު ކޮމިޓީއަށް ކިޔަވައިދެއްވީ 2018 ވަނަ އަހަރުއެވެ.