 އަލްޙާފިޡް ޢަބްދުﷲ އަލްޔަސަޢަ ބިން ޒަމްޒަމް
                އަލްޙާފިޡް ޢަބްދުﷲ އަލްޔަސަޢަ ބިން ޒަމްޒަމް 
                މއ. ރިހިރާޅު
            އެންމެ ތުއްޕުޅުއިރުން ފެށިގެން ޤުރްއާން ކިޔަވާ އަޑު އަބަދުމެ އަޑުއިވޭނެހެން ގޭގައި ޤުރްއާން ޖަހާފައި ހުރުމަކީ، އެކަމަށް ޝައުޤުވެރިކަން އުފެދުނު އެއް ސަބަބެވެ. އުމުރުން ތިން އަހަރު ނުވަނީސް، ޔޫސުފް ސޫރަތުގެ އެކި ބައިތައް ހިތުން ދަސްކުރެއްވިއެވެ. ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ، ފަތިހުގެ ވަގުތުގައެވެ. ޤުރްއާން ހިތުދަސް ކުރެއްވުމަށް ޤުރްއާނާބެހޭ މަރުކަޒަށް ވެދެވަޑައިގަތީ، 2016 ވަނަ އަހަރުއެވެ. އުމުރުން އެންމެ 10 އަހަރުގައި މުޅި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވިއެވެ. މާތްﷲގެ ވާގިފުޅާއެކު، ޤުރްއާން ހިތުދަސްކުރުމުގައި އަލްޔަސަޢަށް އެންމެ ބޮޑަށް އެހީތެރިވެދެއްވީ، އޭނާގެ ލޮބުވެތި މަންމައާއި ބައްޕައެވެ.