އަލްޙާފިޡް ޙަސަން އާހިލް
އިރުދޭމާގެ ތ. ގުރައިދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން އެންމެ 6 އަހަރުގައެވެ. ދަސްކުރައްވަން ފަސޭހަވުމާއި، ކިޔެވުމަށް ހުރި ޝައުޤުވެރިކަމާއެކު، އަދި މަންމައާއި ބައްޕަ ދެއްވި ހިތްވަރާއެކު ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް އެހިސާބުން ފެށްޓެވީއެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި އެކަން ފެށްޓެވީ 2011 ވަނަ އަހަރު، ކީރިތި ޤުރްއާނާބެހޭ މަރުކަޒާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. ދަސްކުރެއްވީ ދުވާލަކު ބައި ޞަފްޙާއާއި ދެ ޞަފްޙާއާ ދެމެދުގެ މިންވަރެކެވެ. ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި މުރާޖަޢާ ކުރައްވައި ނިންމެވީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވީ މި އަހަރުގެ ޖަނަވަރީ މަހުއެވެ.