 އަލްޙާފިޡާ އާސިޔަތު އާދަމް
                އަލްޙާފިޡާ އާސިޔަތު އާދަމް   
                 ފެހިގެ ގއ. މާމެންދޫ
            ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އަބަދުވެސް ހިތްޕުޅުގައި އޮވެއެވެ. އެ ޝައުޤުވެރިކަން އިތުރުވެގެންދިޔައީ، ޤާރީ އެޑްވާންސް ކޯހުގައި ކިޔަވައިދެއްވި މުދައްރިސަކު އާސިޔަތަށް ޤުރްއާން ހިތުދަސްކުރެވިދާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެކަމަށް ހިތްވަރު ދެއްވުމާ ގުޅިގެންނެވެ. ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، 2013 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. ހިތުދަސްކުރައްވައި ނިންމެވީ، 2017 ވަނަ އަހަރުގެ މާރިޗު މަހުއެވެ. 2018 ވަނަ އަހަރު ޤުރްއާން މުރާޖަޢާ ކުރައްވަން ފަށްޓަވައި، އިމްތިޙާނު ފުރިހަމަ ކުރެއްވީ 2018 ވަނަ  އަހަރުގެ ނޮވެންބަރު މަހުއެވެ. 
 
 
            