އަލްފާޟިލް ޢާޞިމް އަޙްމަދު
ގ.ވިލާޑިލައިޓް

ދިވެހި ސަރުކާރުން ހޯދައިދިން ސްކޮލަރޝިޕެއްގެ ދަށުން ފީޖީގެ ސްކޫލް އޮފް ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ސޯޝިއޮލޮޖީގެ ޑިގްރީކޯހެއް ފުރިހަމަކުރެއްވުމުގައި އެސްކޫލްގެ "މިޘާލީ ޠާލިބު"ގެ ގޮތުގައި 1988 ވަނަ އަހަރު ހޮވިގެން، ސޯޝަލް ސައެންސުން ރަން މެޑަލެއް ހޯއްދެވުމާއެކު، އެއަހަރު ހުރިހާގޮތަކުން އެސްކޫލްގެ އެންމެ ރަނގަޅު ޠާލިބުކަމުގައި ހޮވިގެން ވައިސް ޗާންސެލަރގެ އިނާމު ޙާޞިލުކުރައްވާފައިވާތީ.