އަލްފާޟިލް އަބޫބަކުރު އިބްރާހީމް
މ.ދިލޭރާމްގެ

ޖަމުޢިއްޔަތުލްފަލާޙުގެ މަޤްޞަދުތަކުގެ ތެރޭގައި، ޤުރްއާން ކިޔަވައިދިނުމާއި، ދީނީ ތަޤްރީރުތައް ކުރުމާއި، ދީނީ ވަޢުޡު ބުނުން ހިމެނިފައިވާތީ، މިދެންނެވި މަޤްޞަދުތައް ޙާޞިލުކުރެއްވުމުގެ ގޮތުން އެޖަމުޢިއްޔާގެ ފަރާތުން އެކިފަހަރު އެކި ޢިލްމުވެރިންގެ ދީނީ ތަޤްރީރުތަކާއި ވަޢުޡު ވިދާޅުވުން ގިނަ ޢަދަދަކަށް ބާއްވަވައެވެ. ކޮންމެ ރަމަޟާން މަހަކުހެން ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބާއްވަވައި، ވަނަވަނައަށް އަންނަ ކުދިންނަށް އިނާމު ދެއްވަމުން ގެންދަވައެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ، ޖަމުޢިއްޔަތުލްފަލާޙުގެ ރައީސް އަލްފާޟިލް އަބޫބަކުރު އިބްރާހީމެވެ.

ޖަމުޢިއްޔާ ހިންގެވުމުގެ އިތުރަށް، މަދަރުސާއެއްވެސް އޭނާ ހިންގަވައެވެ. ޖަމުޢިއްޔާއާއި މަދަރުސާ ހިންގުމަށް ފުދޭވަރަށް ފައިސާ ނުލިބޭތީ، އަމިއްލަ ހިންމަތާއި މިންނަތުން ތަފާތު ވަރަށްގިނަ ކަންތައްތައް ހަމަޖައްސަމުން ގެންދަވައެވެ. ފީ ދެއްކޭނެފަދަ ތަނަވަސްކަން ނެތް ޔަތީމު ކުދިންނަށް، އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެން ފޮތް ފަންސުރު ފަދަ ތަކެތި ހޯއްދަވައިދެއްވައި ހައްދަވައެވެ.

އަލްފާޟިލް އަބޫބަކުރު އިބްރާހީމަކީ، ގަސްއިންދުމުގެ ރޮނގުގައިވެސް ވަރަށްގިނަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.