އަލްފާޟިލް ސިއްކަ އަޙްމަދު އިސްމާއީލް މަނިކު
މ.ދީފުރަމްއާގެ

އަލްފާޟިލް ސިއްކަ އަޙްމަދު އިސްމާއީލްމަނިކަކީ، އޭނާގެ ދުވަސްވަރު ކްރިކެޓް، ފުޓްބޯޅަ، ޓެނިސް، ވަރަށް ރަނގަޅަށް ކުޅުއްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމުގެގޮތުން ވަރަށް މަތީ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ.

މާފަންނު ފިޔާތޮށި ކްލަބުގައި ފުޓްބޯޅައާއި، ކްރިކެޓް ކުޅުއްވުމުން އެކްލަބަށް ވަރަށް ރީތި ނަންތަކެއް ހޯއްދަވާ ދެއްވާފައިވެއެވެ. އަދި މާލޭ ސަންރައިސް ސްޕޯރޓްސް ކްލަބަށްވެސް ކުޅިވަރުގެ ރޮނގުން ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އަލްފާޟިލް ސިއްކަ އަޙްމަދު އިސްމާއީލް މަނިކަކީ، ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްޤީ ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ތަމްރީނު ދެއްވަމުންގެންދެވި ޤައުމީޓީމުގެ ފުޓްބޯޅަ ކުޅުންތެރީންނަށް ވަރަށްގިނަ ދުވަސްދުވަހު ތަފާތު އެހީތައް ވެވަޑައިގެންދެއްވި ބޭފުޅެކެވެ. އަދި ހަމަ އެފަދައިން މާލޭގެ އެކިއެކި ކްލަބުތަކުގެ ޓީމުތަކަށް ޖާރޒީއާއި ބޫޓްފަދަ ކުޅިވަރު ސާމާނު ވަރަށް ގިނަ ޢަދަދަކަށް، އޭނާގެ އަމިއްލަ ޚަރަދުގައި ހޯއްދަވާދެއްވާފައި ވެއެވެ. އަދި ވަރަށް ގިނަ މުބާރާތްތަކުގައި އެކިއެކި ވަނަތަކަށް އަންނަ ކުޅުންތެރީންނަށް ތަށްޓާއި އަގުހުރި އިނާމުތައް ހުށަހަޅުއްވާފައިވެސް ވެއެވެ.