އަލްފާޟިލް އާގޭ ޢަލިމަނިކު
އާގެ/ އދ.މަހިބަދޫ

           އ.މަހިބަދޫ އާގޭ އަލްފާޟިލް ޢަލިމަނިކަކީ، މައިގަނޑުގޮތެއްގައި ތެދުއުއި ވަޑާން ކުރައްވާ ބޭކަލެއް ކަމުގައިވިޔަސް، ކިއްސަރު ވަޑާންވެސް މޮޅަށް ކުރައްވަން ދެނެވަޑައިގަންނަވާ ބޭކަލެކެވެ. އޭނާ މަސައްކަތް ދަސްކޮށްދެއްވުމުގައި 10 މީހުންނަށާއި 8 ކުދިންނަށް ފުދޭވަރަކަށް ވަޑާމުގެ މަސައްކަތް ދަސްކޮށްދެއްވާފައި ވެއެވެ. އ.އަތޮޅު މަދަރުސާގެ 14 ކުދިންގެ ކްލާހަކަށް، އޭނާގެ އަމިއްލަ ހަރުގޭގައި ހިލޭ ވަޑާން ދަސްކޮށްދެއްވަމުން ގެންދެވިއެވެ. މަހިބަދޫ އިރުވައި އަވަށު އަންހެނުންގެ މިސްކިތުގެ ވަޑާމާބެހޭ ހުރިހާ ކަމަކާއި ހުރިހާ މަސައްކަތެއް، އަމިއްލަ ތަކެތިވެސް ލައްވައިގެން ހިލޭ ކޮށްދެއްވާފައިވެއެވެ. އަތޮޅު އޮފީހާއި، ރަށު އޮފީހުގައި ކުރަންޖެހޭ ކުދިކުދި މަރާމާތާއި ބައެއް ފަރުނީޗަރު މަރާމާތުކޮށްދެއްވަނީ، ހިލޭއެވެ. ދަރިން އެކި ތަންތަނަށް ފޮނުއްވައިގެން އެއްތެޔޮ ފުރުން، ފާލިސްފަދަ ކަންކަން ދަސްކޮށްދެއްވައި، އޭގެ ޚިދުމަތްވެސް ފަތުރައިދެއްވައެވެ.