އަލްފާޟިލް ޢަބްދުﷲ ޔޫސުފް
ޗަންދަރުގެ/ ޅ.ނައިފަރު

 

           ފާދިއްޕޮޅު ނައިފަރަކީ، ބޭސްވެރިކަމުގެގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. އަލްފާޟިލް ޢަބްދުﷲ ޔޫސުފަކީ، އެރަށުގެ ބޭފުޅެކެވެ. އޭނާ ޢަބްދުލްޙަކީމް ކާންނާ ކަލޭގެފާނުގެ އަރިހުން ބޭސް ދަސްކުރައްވަން ފެށްޓެވީ، ހިޖުރައިން 1353ވަނަ އަހަރުގައެވެ. އޭނާގެ އުމުރުން 12 އަހަރުގައެވެ.

 

           ހިޖުރައިން 1362ވަނަ އަހަރުން ފެށިގެން، މާލެއަށާއި އެކިއެކި ރަށްރަށަށް ދޮންކަލޭގެފާނުގެ ފަރާތުން މީހުންނަށް ބޭސްކޮށްދީ ހެދުމަށް ފޮނުއްވަނީވެސް، އޭނާއެވެ. ބޭސްވެރިކަމުގެ ގޮތުން ދޮންކަލޭގެފާނު ކުރައްވަމުން ގެންދަވާ ހުރިހާކަމެއް މީނާއަށް ދަސްކޮށްދެއްވަމުން ގެންދެވިއެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ސަރުކާރުން މީނާ އިމްތިޙާނު ކުރައްވައި، ދިވެހިބޭސްކޮށް އުޅުމާއި ޚިތާނުކުރުމުގެ ސަނަދު ދެއްވާފައިވެއެވެ.