އަލްފާޟިލް މުޙައްމަދު ޚަލީލު
ހ.ލޮބީ

ޢުމުރުން ދިހަވަރަކަށް އަހަރުއްސުރެން ފެށިގެން މުޙައްމަދު ޚަލީލު މާލޫދު، ދިވެހިލަވަ ރީތި ރާގުރާގަށް ކިޔުއްވޭތޯ ބައްލަވަން ފެށްޓެވިއެވެ. ބައްޕައަކީ، މާލޫދުކިޔުއްވައިހައްދަވާ ބޭފުޅަކަށްވާތީ، ބައްޕަ ކިޔުއްވާ ރާގުރާގަށް އެފަދަ ތަކެތި ކިޔުއްވޭތޯ ބައްލަވަމުން ގެދެވިއެވެ.

އޭނާ އެންމެ ފުރަތަމަ ޢާއްމުކޮށް ލަވަކިޔުއްވަން ފެށްޓެވީ 1980 ވަނަ އަހަރު ސިފައިންގެ މިޔުޒިކް ގްރޫޕާ ގުޅިލައްވައިގެން، މާލޭގެ ގެއެއްގައި ޚިތާނުކޮށްގެން އެކަމުގެ ކުޅިވަރު ކުޅުމުގައެވެ. ސްޓޭޖް ޝޯތަކުގައި ހިންދީ ލަވައާއި، ދިވެހިލަވަ ހިންދީ ރާގަށް ކިޔުއްވުމުން، ޢާއްމުންގެ ތަރުޙީބު ލިބިލައްވާފައިވެއެވެ.

1986 ވަނަ އަހަރު ބޭއްވި ދިވެހި ފަންނާނުންގެ މިޔުޒިކް ޝޯ "ގެލެކްސީ"ގައި އަމިއްލައަށް ދިވެހި ރާގެއް ހައްދަވައި ކިޔުއްވި ދިވެހި ލަވަ ގިނަ ބަޔަކަށް ރީތިވެ މަޝްހޫރުވެގެން ދިޔައެވެ. ދިވެހި ރާގަށް ދިވެހި ލަވަ ހެއްދެވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެލައްވައެވެ.