އަލްފާޟިލް މުޙައްމަދު ފާރޫޤު
މ.ފުސްފަރާގުގެ

ޢާއްމުގޮތެއްގައި ބޭރުބަސްބަހުން ދިވެހިބަހަށް އެކިއެކި  ވާހަކަތައް ތަރުޖަމާކުރެވެމުން ދިޔަނަމަވެސް، ދިވެހި ވާހަކައެއް ބޭރުބަހަކަށް ތަރުޖަމާކުރުމުގެ މަސައްކަތްކުރާ މީހުން ވަރަށް މަދެވެ. އަލްފާޟިލް މުޙައްމަދު ފާރޫޤު ހިމެނިލައްވަނީ މި މަދު މީހުންގެ ތެރޭގައެވެ. އޭނާއަކީ ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ ވަރަށް މުހިންމު ލިޔުމެއްކަމުގައިވާ ފަޟީލަތުއްޝައިޚުލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން ހެއްދެވި ބޮޑުތަކުރުފާނު ވާހަކަ އިނގިރޭސިބަހަށް ތަރުޖަމާކުރެއްވުމުގެ ގޮތުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މިމަސައްކަތަކީ ސަރުކާރުން ފާހަގަކުރައްވާ ބޮޑު މަސައްކަތެކެވެ. އޭނާ މިކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ރާއްޖެއިން ބޭރުމީހުންނަށް ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ ވަރަށް މުހިންމު ބައެއް ތަޢާރަފްވެގެން ދާނެ މަސައްކަތެއްކަން ކަށަވަރެވެ.