އަލްފާޟިލް ޗަންޕާ ޙުސައިން ޢަފީފު
މއ.ޗަމްޕާވިލާ

ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިޒަމް ފެށްޓުނީއްސުރެ އާދެ، 1979 ވަނަ އަހަރުން ފެށިގެން ޢަމަލީގޮތުން އަލްފާޟިލް ޗަންޕާ ޙުސައިން ޢަފީފު އުޅުއްވަމުން ގެންދަވާފައިވެއެވެ. އަދި ދާދިފަހަކާ ޖެހެންދެން ރާއްޖޭގައި އޮތް އެންމެ އެނދު ގިނަ ރިޒޯޓް ހިންގަވަމުންގެންދެވީވެސް، ހަމަ އޭނާއެވެ.

އަލްފާޟިލް ޙުސައިން ޢަފީފަކީ، ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދެވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަމިއްލަފުޅަށް ވިދާޅުވާ ގޮތުގައި، ޓޫރިޒަމް ކުރިއަށްގެންދެވުމަށް އޭނާ ކުރައްވާ މަސައްކަތުގައި އޭނާ ބައްލަވަނީ، ހަމައެކަނި އޭނާގެ ފައިދާއަކަށްނޫނެވެ. އެހެންމީހުންނަށްވެސް ފައިދާވާނެ ގޮތްތައް ހޯއްދަވައިދެއްވާ އަދި ޓޫރިޒަމްގެ ދާއިރާގައި އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާ އެހެންކޮންމެ ފަރާތަކާއެކު ޙިއްޞާކުރައްވަންވެސް އޭނާ ހުންނެވީ، ތައްޔާރަށެވެ.