އަލްފާޟިލް މަނަދޫ ޢަބްދުއްސައްތާރު
މ.މަނަދޫގެ

މަދްރަސަތުލް ޙަމީދިއްޔާއާއި، މަދްރަސަތުލް މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރައްވަން މަނަދޫ ޢަބްދުއްސައްތާރު އުޅުއްވި ދުވަސްވަރުން ފެށިގެން، ނޫސްވެރިކަމުގެ ރޮނގުގައި އުޅުއްވަމުން ވަޑައިގަތުމުގެ ޝައުޤުވެރިކަން ބަހައްޓަވައިގެން އެމަސައްކަތް ކުރައްވައެވެ. އޭނާ ނޫސްވެރިކަމުގެ މަސައްކަތް ޢާއްމުގޮތެއްގައި ކުރައްވާތާ ވިއްސަކަށް އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މަދްރަސީ ދައުރުގައިވެސް އަދި މަދްރަސީ ދައުރަށްފަހުވެސް،  ތަފާތު ނަންނަމުގައި މަޖައްލާއާއި ނޫސް އަތުން ލިޔުއްވައި، ޝާއިޢުކުރައްވާފައިވެއެވެ.

ނޫސްވެރިކަމުގެ ރޮނގުގައި ބުރަ މަސައްކަތާއިގެން ކުރިޔަށް ދުރުވުމުގައި ބައެއްފަހަރަށް ނޫހުގައި ޝާއިޢުކުރެވޭ ބަޔާނެއްގެ ނުވަތަ ޚަބަރެއްގެ ސަބަބުން ތަފާތު ޢަދަދުތަކަށް ޖޫރިމަނާކުރައްވައި، ދެފަހަރެއްގެ މަތިން ބޮޑު ނިޔާއެއް ކަނޑައެޅުއްވުމުންވެސް، އެކަމުން މިނިވަންވެލެއްވުމާއެކު، މިމަސައްކަތް ހުއްޓާނުލައްވައި ކުރިޔަށް ގެންދަވަނީ އޭނާ ވަރަށް ކުރާހިތްވާ މަސައްކަތަކަށްވާތީ ކަމަށްވެއެވެ. 1 ޖޫން 1984 ދުވަހުން ފެށިގެން "އާފަތިސް"ގެ އެޑިޓަރުކަމާ އޭނާ ޙަވާލުވެވަޑައިގަތީއްސުރެ އޭނާ މިނޫސް ޗާޕުކުރެއްވުމުގެ މަސައްކަތުގައި ވަރަށްވެސް މުރާލިކަމާއެކު އުޅުއްވައެވެ.