އަލްމަރްޙޫމް ޢަބްދުއްރަޝީދު ނިޒާރު
ހ.ގުލްދަމްގެ

އަލްމަރްޙޫމް ޢަބްދުއްރަޝީދު ނިޒާރަކީ،  ދިވެހި ޅެންވަރިކަމުގެ ރޮނގުން ވަރަށް ޚާއްޞަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މަދްރަސީ ދައުރުންފެށިގެން، ޅެން ހައްދަވަން ފަށްޓަވާފައިވެއެވެ. އިޝްޤީ ޅެން، ޤައުމީ ޅެން، ނަޞޭޙަތުގެ ޅެން އަދި ސިފަކުރުމުގެ ޅެން، މިހެންގޮސް އަދަބީ ޅެން، ކިތަންމެ ރޮނގަނުން އޭނާވަނީ އެތައް ޅެންތަކެއް ހައްދަވާފައެވެ. އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރު އަވަހާރަވީ،  އޭނާ ހެއްދެވި ޅެންތަކުގެ ފޮތެއް ޝާއިޢު ކުރެއްވޭތޯ މަސައްކަތްކުރައްވަމުން ގެންދަވަނިކޮށެވެ. އަދި އޭނާ އެންމެފަހުން ހެއްދެވި ވަރަށް ޚާއްޞަ އެއްޅެމެއްވަނީ އަޅުގަނޑުމެންނާ ހަމައަށް ނުވެސް އައިހެވެ. ޢަބްދުއްރަޝީދު ނިޒާރުގެ ގިނަ ޅެންތަކަކީ، ވަރަށް ފޭރާން ރަނގަޅު ރީތި އަސަރުގަދަ ޅެންތަކެކެވެ. ތަފާތު އެކި ހާދިސާތަކާ ގުޅިގެންވެސް އޭނާ ޅެން ހައްދަވާފައިވެއެވެ.