އަލްފާޟިލާ މިންނާ ވަޖީހު
މ.ނީނާ

މިންނާގެ އަޑު ވަނީ، ދިވެހިރާއްޖޭގެ އަޑާ ގުޅިފައެވެ. ރާއްޖޭގެ ވައިގެ ތެރެއަށް ފެތުރިގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، މިންނާގެ އަޑުއަހަން މީހުން ރޭޑިޔޯތައް ކައިރީގައި ތިބެނީ، ވަރަށްވެސް ބޮޑު ހިތްހަމަޖެހުމަކާއެކުގައެވެ. މިންނާގެ މަސައްކަތް ފެށްޓެވީ، މާލޭ ސިނެކޯ ރޭޑިޔޯގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ މަސައްކަތް ފެށްޓުނު ދުވަހުން ފެށިގެންނެވެ. ދިވެހިރާއްޖޭގެ އަޑުގައި، އާދެ، ކުޑަކުޑަ މެދުކެނޑުމެއް އައިނަމަވެސް އޭނާގެ ޚިދުމަތްއެއީ، ރޭޑިޔޯ އަޑުއަހާ މީހުންގެ ގާތުގައި އެންމެ ޤަބޫލުކުރެވޭ ޚިދުމަތްކަމުގައި ވެއެވެ. ނަތީޖާއެއްގެގޮތުން، ދިވެހިރާއްޖޭގެ އަޑުގެ އެއްވަނަ އެނައުންސަރު ނުވަތަ އެންމެ މަޤްބޫލު އެނައުންސަރުގެ ގޮތުން އޭނާވަނީ ރޭޑިޔޯ އަހާ މީހުންގެ ވޯޓުން އެތައްފަހަރަކު ހޮވިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ އަޑަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު އިޙްތިފާލުގައި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަށި ޙާޞިލުކުރައްވާފައި ވަނީވެސް، ހަމަ މިންނާ ވަޖީހެވެ.