އަލްފާޟިލް ކޮނޑޭ ތުއްތުމަނިކު
މ.ދިލާވަރުގެ

           އަލްފާޟިލް ކޮނޑޭ ތުއްތުމަނިކަކީ، ޢުމުރުން 20 އަހަރު ވީއްސުރެ ވަޑާމުގެ މަސައްކަތް، ލޭތުގެ މަސައްކަތް، ވަޔަރ ކުރުން، ދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފަދަ ބޭނުންތެރި މިހާރުވެސް ރެއާއި ދުވާލުގެ ވަގުތުތައް ހޭދަކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

1950ގެ ފަހުކޮޅުން ފެށިގެން ތަފާތު މަސައްކަތް ތަރައްޤީކުރައްވަމުން ގެންދަވާފައިވެއެވެ. އޭނާ ބުނުއްވަނީ، މަސައްކަތްތެރިކަމުގެ އާ ރޮނގުތައް އުފައްދަވައި، އެމަސައްކަތް ތަރައްޤީކުރެއްވޭތޯ ބެއްލެވުމަކީ، ޝައުޤުވެރިވެލައްވާކަމަށެވެ. ކަރަންޓު ރޮންދާއެއް، ކަރަންޓު ކީހެއް ރާއްޖޭގައި އަމިއްލައަށް ހައްދަވާފައިވެއެވެ. މަޖީދިއްޔާއަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ކާނިވަލްގެ ސްޓޭޖްގެ ޑިސްކޯ ލައިޓް ތައްޔާރުކުރެއްވީ، އޭނާ އަމިއްލައަށެވެ. އޭނާގެ ޚިޔާލާ އެއްގޮތަށެވެ.

އަލްފާޟިލް ކޮނޑޭ ތުއްތުމަނިކަކީ، މަސްދޯނިފަހަރުގައި އިންޖީނުބެހެއްޓުމުގެ މަސައްކަތް އެންމެ ފަރާތަކުން ކުރަމުން ގެންދިޔުމުގެ ސަބަބުން ގިނަބަޔަކަށް ދަތިވާތީ އޭނާ ފިޝަރީޒް މިނިސްޓްރީގައި ދަންނަވައިގެން އެކަމާ ޙަވާލުވެލެއްވި ބޭކަލެކެވެ. އެއީ 1977 ގެ ޖޫންމަހުގެ ތެރޭގައެވެ. ފުރަތަމަ އޭނާއާ ޙަވާލުކުރެއްވީ 145 ދޯންޏެވެ. ނަމަވެސް އޭގެފަހުން 480 ދޯނީގައި އިންޖީނު ބަހައްޓަވައިދެއްވިއެވެ. 1700 އަށްވުރެ ގިނަ ފަރާތްތަކަށް އިންޖީނުގެ މަސައްކަތް ކޮށްދެއްވާފައިވެއެވެ. އޭނާ އަމިއްލައަށް އިންޖީނުގެ ސްޕެއަރ ޕާޓްސްގެ ތެރެއިން ކަޕްލިން، އޮއިލް ޓޭންކް، ސީ ވޭލްވް، ފްލިންޖަރ ހައްދަވައި އަބަދުވެސް ލިބެންހުންނަވަރަށް ތައްޔާރުކުރައްވައެވެ.