އަލްފާޟިލާ މަރިޔަމް އަޙްމަދުދީދީ
ސްޓާރލިން / ގދ.ތިނަދޫ

           ދިވެހިލަވަކިޔުމުގެ ދުނިޔޭގައި އަންހެން ލަވަކިޔުންތެރިންގެ ތެރޭން ވަރަށްވެސް ފަޚްރުވެރި ވަނައެއް މަރިޔަމް އަޙްމަދުދީދީ ވަނީ ހޯއްދަވާފައެވެ. އޭނާގެ އެރީތި އަޑުން ގިނަ ބައެއްގެ ހިތްތައްވަނީ ރޮއްވާލާފައެވެ. އެރީތި އަޑުއަހާލުމުގެ ޝައުޤުވެރިކަމުގައި ކިތަންމެ ބަޔަކު އޭނާ ލަވަކިޔާ ތަންތަނަށް ގޮސް ހަދައެވެ. މަރިޔަމްދީދީ ލަވަކިޔުއްވުމުގައި އޭނާގެ އުފަން ރަށުގައި ވާހަކަދައްކައި އުޅޭގޮތަށް ހަދާފައި ހުންނަ ލަވަ ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

           އަލްފާޟިލާ މަރިޔަމް އަޙްމަދުދީދީއަކީ، ފެނުމުގެ ޙިއްސުން މަރްޙޫމްވެފައިވާ ބޭކަނބަލަކަށް ވުމާއެކު، ލަވައިގެ އަޑު އައްސަވައިގެން ލަވަ ދަސްކުރައްވަމުން ގެންދާކަން ދޭހަކޮށްދެނީ، އެކަމަށް އޭނާ ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމެވެ. އޭނާ ލަވަ ދަސްކުރެއްވުމުގައި މިޔުޒިކްގެ އެހީއެއްވެސްނެތި ލަވަ ދަސްކުރައްވާފައިވެއެވެ.