އަލްފާޟިލް ޢަލީ އިބްރާހީމްދީދީ
ސްޕާކްލިން / ގދ.ތިނަދޫ

           އަލްފާޟިލް ޢަލީ އިބްރާހީމްދީދީއަކީ، ވަރަށް ޅައިރުއްސުރެ ކަނބުރުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިމަސައްކަތުގެ އިތުރުން ވަޑާންކުރެއްވުމާއި، ލިޔެލާ ޖެއްސެވުމާއި، ތިލޭރުކަމުގެ މަސައްކަތްވެސް ދެނެލައްވައެވެ. ނަމަވެސް، ޢާއްމުކޮށް ކުރައްވާ އުޅުއްވާ މަސައްކަތަކީ، ކަނބުރުވެރިކަމެވެ. ކަނބުރުވެރިކަމަކީ، ރާއްޖޭގައި ވަރަށް މަތީ ފެންވަރެއްގައި ޒަމާނުއްސުރެ ކުރެވެމުން އަންނަ ހަރުދަނާ މަސައްކަތެއްވެސް މެއެވެ. އިންޖީނު ދޯނިފަހަރަށް ބޭނުންވާ ވަރަށްގިނަ ތަކެތި ފީރުން ގާނައިގެން ހައްދަވައިދެއްވައި، ދޯނިފަހަރު މަހަށް ފުރުން ދަތިވާފަދަކަމެއް މެދުވެރިވިޔަ ނުދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މީގެތެރޭން ގިނަ މަސައްކަތް ކުރައްވަނީ، އެކަށީގެންވާ ފައިދާއެއް ނެންގެވުމަކާވެސް ނުލައެވެ.