އަލްފާޟިލް ޢަލިދީދީ
އާޒާދުގެ / ސ.މީދޫ

          ދިވެހިންނަކީވެސް، އުފެއްދުންތެރިކަމުގެ ޚިޔާލު ގެންގުޅޭ އެކަމަށް ފުންކޮށް ޚިޔާލުކޮށް ކުރިއަށްދާން މަސައްކަތްކުރާ ބައެކެވެ. ތަޢުލީމީގޮތުން މާގިނަ ޢިލްމުތަކެއް ލިބިފައި ނެތް ނަމަވެސް، އެ ލިބިހުރި ޢިލްމެއްގެ އެހީގައި ރާއްޖެއިން ލިބެންހުންނަ އެއްޗެއްގެ ބޭނުންކޮށްގެންވެސް މަސައްކަތަށް ބޭނުންވާ ތަކެތި އުފައްދައި އުޅެއެވެ. އަލްފާޟިލް ޢަލީ ދީދީއަކީވެސް، މިދެންނެވިފަދަ އުފެއްދުންތެރި ޚިޔާލުގެ ބޭފުޅެކެވެ. އޭނާގެ އަމިއްލަ ޚިޔާލުފުޅާއި ވިސްނުންފުޅުގެ ބޭނުންފުޅު ހިއްޕަވައިގެން، ކުނާވިޔާ މެޝިނެއް ހެއްދެވިއެވެ. މި މެޝިނުން، ހުއިންނާއި، ކަށިކެޔޮފަތުން ކުނާ ވިޔެވެއެވެ. މިމެޝިނު އުފެއްދުމާގުޅިގެން، ކުނާވިޔުމުގެ މަސައްކަތަށް ވަރަށް ބޮޑު ދިރުމެއް ލިބިގެން ދިޔައެވެ.