އަލްފާޟިލް ރެވިމާގޭ ކުޑަތުއްތު
ހ.ރެވިމާގެ

           އިޤްތިޞާދީގޮތުން ދިވެހިރާއްޖޭގައި ކުރިއެރުވުން ބޭނުންވެފައިވާ އެއް މަސައްކަތެއްކަމުގައިވާ ކުކުޅު ގެންގެޅުމުގެ މަސައްކަތް، މަތީ ފެންވަރެއްގައި ކުރައްވަމުން ގެންދަވާފައިވެއެވެ. މީނާވެސް މިމަސައްކަތް ހިންގެވީ، ކ.ކަނޑުއޮތްގިރީގައެވެ. އޭގެ ކުރިއްސުރެ މާލޭގައިވެސް މީނާ މިމަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. ކަނޑުއޮތްގިރީގައި މީނާ ކުކުޅު ގެންގުޅުމުގެ މަސައްކަތް ފެށްޓެވީ، އަލްފާޟިލް އިބްރާހީމް ޢީސާއާއެކު ބައިވެރިވެގެން، ދެބޭކަލުން އެކުގައެވެ. ކުކުޅު ގެންގުޅުމުގެ މަސައްކަތް ރާއްޖޭގައި ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޢާއްމުންނަށް ބިސް ގަންނަން ލިބޭ އަގު ތިރިކޮށް ހިފެހެއްޓެވޭތޯ މަސައްކަތް ކުރެއްވުމުގެގޮތުން މީނާގެ ފާރމުން ބިސް ވިއްކަވަމުން ގެންދަވަނީ، އެހެން ތަންތަނަށްވުރެ މާ އަގުހެޔޮކޮށްނެވެ.