އަލްފާޟިލް އިބްރާހީމް ޢީސާފުޅު
މ.ހަވީރީގެ

           އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިއެރުން ބޭނުންވެފައިވާ އެއް މަސައްކަތެއްކަމުގައިވާ ކުކުޅު ގެންގުޅުމުގެ މަސައްކަތް، މަތީ ފެންވަރެއްގައި ކުރައްވައި އެކަން ފައިދާހުރި ގޮތެއްގައި ތަރައްޤީކުރެއްވުމަށް މަސައްކަތްކުރައްވާފައި ވެއެވެ. ކުކުޅުބިހުގެ އަގު ދަށް އަގެއްގައި ހިފެހެއްޓެވޭތޯ އޭނާ ވަރަށްބޮޑަށް ބެއްލެވިއެވެ. އެއީ ޢާންމުންނަށް އޭގެ ރަނގަޅު ފައިދާއެއް ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައެވެ. މިމަސައްކަތް އޭނާ ކުރައްވަމުން ގެންދެވީ، ފަޅުރަށެއް އެކަމަށް ޚާއްޞަ ކުރައްވައިގެންނެވެ.