އަލްފާޟިލް ދިއްދޫ އިބްރާހީމް ކަލޭފާނު
މއ.ހިތިލާގެ

           ވަރަށްގިނަ ދުވަސްތަކެއްވަންދެން ރާއްޖޭގައި ވިޔަފާރިކުރަމުން އައީ، ވޯރާ ވިޔަފާރިވެރިންގެ އަތްމަތީގައި ވިޔަފާރީގެ މުގޫ އޮވެގެންނެވެ. އެމީހުން ހިތުހުރި ގޮތަކަށް ވިޔަފާރި ކޮންޓްރޯލެއްގެ ދަށުގައި ބާއްވައިގެންވެސް މެއެވެ. މި ވިޔަފާރި ދިވެހީންގެ އަތްމައްޗަށް މުޅިން ގެނެވޭތޯ އަލްފާޟިލް ދިއްދޫ އިބްރާހީމް ކަލޭފާނު ވަރަށްބޮޑަށް މަސައްކަތްކުރެއްވިއެވެ. މިގޮތުން ކުރެއްވި މަސައްކަތުގައި ރާއްޖޭގައި އުފެދޭ ތަކެތި ރާއްޖޭން ބޭރަށް ފޮނުވުން އިތުރުކުރުމަށާއި، އިތުރު ބާވަތްތައް ފޮނުވުމަށް ބާރު އަޅުއްވައި، ޢަމަލީގޮތެއްގައި އޭނާ އެމަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. ވިޔަފާރީގެ އައު ރޮނގުތަކާއި އާ މާކެޓްތައް ހޯއްދަވައި، ދޯނިފަހަރު ދުއްވަމުންގޮސް ބޯޓްފަހަރު ދުއްވުމާ ހަމައަށްވެސް ތަރައްޤީ ކުރައްވާފައިވެއެވެ.