އަލްފާޟިލް މުޙައްމަދު މޫސާކަލޭފާނު
ހަޒާރުމާގެ / ރ.ކަނދޮޅުދޫ

           އެއްވެސް އުޖޫރައެއްނެތި ދަރުމައަށް ބޭސްކޮށްދިން ބޭސްވެރިން ރާއްޖެތެރޭން ވަރަށް ގިނައިން ފެނިގެންދެއެވެ. އަލްފާޟިލް މުޙައްމަދު މޫސާއަކީ، އޭނާގެ ގާތަށް ބޭސްކުރަންދާ ބަލިމީހުންނަށް އެއްވެސް އުޖޫރައެއް ނުހިފައި ބޭސްކޮށްދެއްވި ބޭފުޅެކެވެ. 1964ވަނަ އަހަރު އޭނާ ފެށްޓެވި ބޭސްވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދެވިއިރު ހުރިހާ ބަލިބައްޔަކަށްވެސް ބޭސްކޮށްދެއްވައި ހެއްދެވިއެވެ. އެހެންކަމާއެކު، އޭނާގެ އަމިއްލަފުޅު ރަށުގައާއި އެހެނިހެން ރަށްރަށުގައިވެސް އޭނާއަކީ، މަޤުބޫލު ބޭސްވެރިއެއް ކަމުގައި ފާހަގަކުރެވިފައި ވެއެވެ.