ޑޮކްޓަރ މުޙައްމަދު އަޙްމަދު
ހ.މިލާފަރު

           ދިވެހިންގެތެރޭން ޑޮކްޓަރުކަމުގެ ފާސް ނަންގަވައިގެން ޞިއްޙީ ޚިދުމަތަށް ނުކުންނެވި ޑޮކްޓަރުންގެ ލިސްޓުގެ ކުރީކޮޅުން ޑޮކްޓަރ މުޙައްމަދު އަޙްމަދުގެ ނަންވެސް ފެނިގެންދެއެވެ. އޭނާ ރާއްޖެ ވަޑައިގެން ދިވެހީންނަށް ޞިއްޙީ ޚިދުމަތް ދެއްވަމުން ގެންދެވީ، އިންސާނީ ޚިދުމަތެއްކަން ރަނގަޅަށް ދެނެވަޑައިގެން ހުންނަވައިގެން، ވަރަށްވެސް އޯގާތެރިކަމާއެކީގައެވެ. އަދި ސަރުކާރުން ހިންގެވި ވަރަށްގިނަ ޞިއްޙީ ޕްރޮގްރާމުތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ. ރާއްޖެތެރޭގެ ގިނަ އަތޮޅުތަކަށް ވަޑައިގެން، ރާއްޖެތެރޭގެ ރައްޔިތުންނަށްވެސް ޚިދުމަތްކުރައްވާފައި ވެއެވެ.