އަލްފާޟިލް ޙަސަން ސަޢީދު
ޗަންޕާޕޫލްގެ / ސ.ހިތަދޫ

           ދިވެހިބަހުގެ ތަފާތު ރޮނގުރޮނގުން އަލްފާޟިލް ޙަސަން ސަޢީދު މަސައްކަތްޕުޅުކުރައްވަމުން ގެންދަވައެވެ. މަޒްމޫނު ލިޔުން، ޅެން ހެދުން، ރައިވަރު ހެއްދެވުންފަދަ ކަންތައްވެސް ކުރައްވައި ހައްދަވައެވެ. މިކަން ކުރެއްވުމުގައި އޭނާގެ ވަޒަންކަމުގައިވާ އައްޑު އަތޮޅުގައި ޝާއިޢުކުރެވޭ ނޫސްނޫހާއި މަޖައްލާތަކަށް އަދި މާލޭގެ ބައެއް ނޫސްތަކަށްވެސް ލިޔުއްވައި ހައްދަވާ ބޭފުޅެއްވެސްމެއެވެ.

           އަލްފާޟިލް ޙަސަން ސަޢީދަކީ، ދިވެހި ބަސްފޮތް ރަދީފަށް ބަސް އެއްކުރެއްވުމުގައި، ވާވާއި، މީމާއި، ފާފުން ފެށޭ ބަސް އެންމެ ގިނައިން ހޯއްދެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭގެފަހުން، ދާލުން ފެށޭ ބަސްވެސް އޭނާ ހޯއްދެވިއެވެ. ބަހުގެ ރަދީފަކީ، ދިވެހިބަހުގެ މަސައްކަތްކުރާ މީހުންނަށާއި، ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފޮތެކެވެ. ދިވެހިބަހުން ބޭނުންކުރެވޭ ބަސްބަހުގެ މާނަ ދެނެގަންނަ ޑިކްޝަނަރީ އެއްވެސްމެއެވެ.