އަލްފާޟިލް ނ.ތ. އަޙްމަދުދީދީ
ގ.ކަންޒުދޮށުގެ

           މަސައްކަތްތެރިކަމުގެ ތަފާތު ރޮނގުރޮނގުގައި އަމިއްލަފުޅު ޚިޔާލާއި ތަޖުރިބާގެ ބޭނުންފުޅު ހިއްޕަވައިގެން ރާއްޖޭގައި މަސައްކަތްތެރިން ކުރިއެރުވުމަށް ވަރަށް ކުރިއްސުރެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާފައިވެއެވެ. މިހާރު ރާއްޖޭގައި އިންޖިނިއަރިންގގެ މަސައްކަތް މިއޮތް ފެންވަރަށް ނެތް ދުވަސްވަރު އަމިއްލަފުޅު މަސައްކަތުން މެރިން އިންޖީނާއި ޑީސަލް އިންޖީނު މަރާމާތު ކުރައްވައި އަދި މުޅިން އަމިއްލަފުޅު ޚިޔާލުގެ އެހީގައި އެތަކެތި ހައްދަވައި އުޅުއްވިއެވެ. މިއީ މަދު ބަޔަކަށްނޫނީ ކުރުން މާ ފަސޭހަކަމެއްވެސް ނޫނެވެ.