އަލްފާޟިލް ޢަލީ ޢުމަރުމަނިކު
މ.ކޮލިގެ

          އަލްފާޟިލް ޢަލީ ޢުމަރުމަނިކަކީ، ރާއްޖޭގެ މިޒަމާނުގެ އިޤްތިޞާދަށް ވަރަށްބޮޑު ގިނަގުނަ އެހީތަކެއް ވެވަޑައިގެން ދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ޝިޕިންގލައިން އުފެދި އޭގެ އެންމެ ޅަނދޮޅުކަމާއެކު ހެދެމުންއައި ދުވަސްވަރު، ކަމަށް ބޭނުންވާ ހުނަރުވެރިން އުފައްދަވައި ރާއްޖޭގެ ޝިޕިންގ ލައިނަށް ބޭނުންވާނެ މީހުން ތައްޔާރުކުރެއްވުމުގައި އިސްރޯލެއް އަދާކުރައްވާފައިވެއެވެ. އެމަސައްކަތުގައި ޚުދު އެމަނިކުފާނުވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހުންނަވައިގެންނެވެ.

          ރާއްޖޭގެ ތަފާތު ދާއިރާތަކަށް ބަލައިލާއިރުވެސް ވަރަށް ގިނަ ދިމަދިމާއިން އެމަނިކުފާނުގެ އެހީފުޅުތައް ފާހަގަކުރެވިގެން ދެއެވެ. ހިތްވަރުފުޅުގެ ގަދަކަމާއެކު، ޖަމާޢަތަށް ފައިދާހުރި ކިތަންމެ ކަންތައްތަކެއް ކޮށްދެއްވާފައިވެއެވެ. މާފުށީގައި ސަރުކާރުން ހެއްދެވި އިސްލާހިއްޔާ ބޮޑުކުރެއްވުމުގެ މަސައްކަތުގައާއި ރާއްޖެތެރޭގެ އަތޮޅުތަކުގައި ހެއްދެވި ސްކޫލްތަކަށްވެސް އެމަނިކުފާނުގެ މަދަދާއި އެހީތެރިކަން ލިބިފައިވެއެވެ.