އަލްފާޟިލް މާފަތްގޭ ޙަސަންމަނިކު
ގ.ޒަމާނީކުލަ

           ދިވެހިބަހާއި އަދަބަށް ޚިދްމަތްކުރާ މަޖްލިސްގެ ފަރާތުން ދިވެހިބަހުގެ ރަދީފު ހެއްދެވުމުގެ މަސައްކަތްކުރެއްވި ދުވަސްވަރު، ބަސް އެއްކުރައްވަން ކުރެއްވި މަސައްކަތްޕުޅުގައި އެކަމަށް އެންމެ ފުރިހަމަ ތަރުޙީބެއް ދެއްވައި އެންމެ ގިނަ ބަސް ހުށަހެޅުއްވީވެސް، އަލްފާޟިލް މާފަތްގޭ ޙަސަންމަނިކެވެ. ބަސް އެއްކުރެއްވުމުގެ މަސައްކަތްކުރެއްވުމަކީ، އޭނާ ކުރިއްސުރެ ކުރައްވަމުންގެންދެވި މަސައްކަތްޕުޅެކެވެ.

     އަލްއަމީރު މުޙައްމަދު އަމީންގެ ދުވަސްވަރު މުޅި ރާއްޖެއަށް ހުޅުވައިލެވުނު ބަސް އެއްކުރުމުގެ މުބާރާތުގައިވެސް އޭނާ އެއްވަނަ ހޯއްދަވާފައިވެއެވެ. އޭރުފެށްޓެވި މިމަސައްކަތް ފަހުން ބަލިޙާލު ހުރިގޮތުން އޭނާ އަމިއްލަފުޅަށް ލިޔުއްވޭވަރު ނުވާތީ ލިޔުއްވަމުން ގެންދެވީ އެހެންމީހުންގެ އެހީއާ އެކުގައެވެ.