އަލްފާޟިލް ޢަބްދުލް ފައްތާޙް ޔޫސުފް
މ.ނައިޓްފްލާވަރ

           ކުރީގައި ދިވެހިން މިޔުޒިކް ކުޅެއުޅުނީ، ވަރަށް މަދު ޢަދަދެއްގެ އިންސްޓްރުމަންޓް ބޭނުންކޮށްގެންނެވެ. ބެރަކާއި، ހަރުމަނިޔާއަކާއި، ގުނގުރުފައްޗެއްފަދަ އެއްޗެއް އޮތުމުން ފުދެއެވެ. އެޒަމާނުގައިވެސް ޢަބްދުލް ފައްތާޙަކީ، މިޔުޒިކްގެ ދުނިޔޭން ފެންނަމުންދިޔަ ބޭފުޅެކެވެ. މިޔުޒިކްގެ ކަންތައްތައް ކުރިޔަށްގެންދެވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

           މިޒަމާނުގެ މިޔުޒިކް އިންސްޓްރުމަންޓް ލިބި، ޒަމާނާ އެއްގޮތަށް މިޔުޒިކް ތަރައްޤީވެގެން ދިޔައިރު މުގުލުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައިވެސް އަލްފާޟިލް ޢަބްދުލް ފައްތާޙް ހިމެނެއެވެ.