އަލްފާޟިލް ދުނބުރި ޙަސަންމަނިކު
މ.އެލްސިއޯން

           އަލްފާޟިލް ދުނބުރި ޙަސަންމަނިކަކީ، ރާއްޖޭގައި ބޭކަރީގެ މަސައްކަތް ވަރަށް ރަނގަޅު ފެންވަރަކަށް ކާމިޔާބުކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގައި ހަދާ ޕާނާއި ބިސްކޯދުފަދަ ތަކެތި ބޭރު ތަންތާނގައި އެފަދަ ތަކެއްޗާ އެއްފެންވަރަކަށް ހައްދަވަމުން ގެންދަވައެވެ. މިކަން އޭނާ ކުރައްވަނީ، މިކަންކަމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެ ގެންނަވައިގެންނެވެ. އަދި ބައިނަލްއަޤްވާމީ ބައެއް ސެމިނާރތަކުގައި މުޅިން އަމިއްލަގޮތުން ބައިވެރިވެލައްވައިގެން ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތެރިކަން ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައި ވެއެވެ.