އަލްފާޟިލް ބޮއި ދޮންމަނިކު
ގ.ކަސްތޫރިގެ

           ދިވެހި ބޭސްވެރިން ރާއްޖޭގައި ބޭސްކޮށް އުޅުނު ދުވަސްވަރަކީ، ބޭނުންވި ކޮންމެ އެއްޗެއް، ޖެހިގެންހުރި ފިހާރައަށް ދުވެފައިގޮސް ގަންނަހާ ފަސޭހައިން ކަންކުރެވެން އޮތް ދުވަސްވަރަކު ނޫނެވެ. އެމީހުން އެމަސައްކަތްކުރީ، އެއަށްވުރެ މާދަތި ދުވަސްވަރެއްގައެވެ. ފަތްޕިލާވެލި ކިތަންމެ ފަސޭހައިން ލިބުނުކަމުގައި ވިޔަސް، އެކަމަށް ބޭނުންވާ އެހެނިހެން ތަކެތި ގިނަފަހަރަށް ދެނީ ބޭސްވެރިޔާގެ އަތުންނެވެ.

           އަލްފާޟިލް ބޮއި ދޮންމަނިކަކީވެސް، މިދެންނެވި ދުވަސްވަރު ދިވެހިބޭސް ކުރައްވަމުން ގެންދެވި މޮޅު ބޭސްވެރިއެކެވެ.