އަލްފާޟިލް ޢަލީ ޝަރީފް
އަސްރަފީގެ / ޏ.ފުވައްމުލައް

           ދިމާވާ ކޮންމެ ހާދިސާއަކާއި، ފެންނަ ކޮންމެ މަންޒަރެއްގައި ކުލަ ޖައްސާލަދީ ދިރުން ގެނެސްދޭން ކުޅަދާނައީ ހަމައެކަނި ކުރެހުންތެރިންނެއް ނޫނެވެ. ޝާޢިރުންނާއި، ޝާޢިރާއިންނަކީވެސް، މިފަންނުގައި ވަރަށް ކުޅަދާނަ ވަރަށް ހުޝިޔާރު ބައެކެވެ. ޤުދުރަތުގެ ފުރިހަމަކަމާއި، ދުނިޔަވީ ކަންތައްތައް ސިފަކޮށްލުމުގައި އެމީހުންނަކީ، އަޖައިބެއްފަދަ ބައެކެވެ.

           އަޅުގަނޑުމެންގެ ތެރެއަށް ޏަވިޔަނި ޢަލީ ޝަރީފްގެ ނަމުން މަޝްހޫރުވި ޢަލީ ޝަރީފަކީވެސް، މިދެންނެވިފަދަ މޮޅު ކުޅަދާނަ ޝާޢިރެކެވެ. ދިވެހި ޅެންވެރިކަމުގެ ތެރެއަށް ދެކުނުގެ އަތޮޅުތަކުގައި ބޭނުންކޮށްއުޅޭ ބަސްތައް ގެނެސްދެއްވާފައިވެސް ވެއެވެ. ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން އޭނާ ކާމިޔާބު ހޯއްދަވާފައިވެސްވެއެވެ.