އަލްފާޟިލް އިބްރާހީމް އަޙްމަދު
ހ.ގިނިރާހިގެ

           މިޔުޒިކްގެ ދުނިޔެއަށް މަޝްހޫރު ގިނިދޮންބެއަކީ، އޭނާގެ ގިނަ ވަގުތުތައް އެކަމަށް ހުސްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އެންމެ ޒުވާން އުމުރުން ފެށިގެން މިއަދާ ހަމައަށްވެސް އެފަންނާ ވަކިވެލެއްވުމެއްނެތި މިޔުޒިކްގެ ރޮނގުން ޚިދުމަތްކުރައްވާފައި ވެއެވެ. ރާއްޖެއަށް ފުރަތަމަ މިޔުޒިކް ތަޢާރަފްވެގެން އައިއިރު އޮތް ހާލަތުން މިޒަމާނުގެ ތަކެއްޗަށް ދިވެހި ރާގުތައް ހޭލައްވާލި އެންމެ މުހިންމު އެއް ބޭފުޅަކަށް އޭނާ ވެއެވެ.