އަލްފާޟިލް މުޙައްމަދު ޞާދިޤު
މ.މުރިނގު

           ސްކޫލް ދައުރުގައިވެސް ރީތިކޮށް ތާނައާއި ޢަރަބި ލިޔުމަށް ފާހަގަކުރެވެމުން އައި މުޙައްމަދު ޞާދިޤަކީ، އެ ފަންނުގައި ކުޅަދާނަ ލިޔުންތެރިޔަކަށް ވިއެވެ. އަދި ލިޔުއްވުމުގައި ތާނައިގެ އަކުރުތައް ރީތިކުރެއްވުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ޢަރަބިތާނަ ލިޔުމުގެ ހަމަތަކެއް ކަނޑައެޅުއްވައި އެކަމުގެ މައްޗަށް ފޮތެއް ލިޔުއްވައި، ވަރަށް ގިނަ ޢަދަދެއްގެ ކުދީންނަށް ޢަރަބިތާނަ ލިޔަން ދަސްކޮށްދެއްވައި މެދުކެނޑުމެއްނެތި އެތަކެއް އަހަރުވާންދެން މަސައްކަތްކުރައްވާފައިވެއެވެ.

           ތަފާތު އެކި ގޮތްގޮތަށް ޢަރަބި ލިޔުއްވުމުގައިވެސް އަލްފާޟިލް މުޙައްމަދު ޞާދިޤު ފާހަގަކޮށްލެވެއެވެ.