އަލްފާޟިލް ޢަލީ ޢަބްދުﷲ
މ.ޔާގޫތުގެ

           ވަޑާމުގެ މަސައްކަތް ޒަމާނާ އެއްގޮތަށް ރާއްޖޭގައި ކުރިޔަށް ގެންދެވުމަށް އަލްފާޟިލް ޢަލީ ޢަބްދުﷲ ވަރަށް މަސައްކަތް ކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ފަރުނީޗަރު ހެދުމާއި ޢިމާރާތް ކުރުމުގެ މަސައްކަތް މަތީ ފެންވަރެއްގައި ކުރެއްވުމާއެކު، ވަޑާމުގައި ބޭނުންކުރާ ތަފާތު މެޝިނަރީތަކުން ވަޑާން ކުރުމުގެ މަސައްކަތް މީހުންނަށް ދަސްކޮށްދެއްވައި، އެމަސައްކަތަކީ އަގުހުރި މަސައްކަތެއްކަން މުޖްތަމަޢުގައި ވަޒަންކުރެވޭ ވަރަށް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ކޮންކްރީޓްގެ މަސައްކަތްވެސް ވަރަށް އެކަށީގެންވާ ގޮތެއްގައި، އެލިއާ ގްރޫޕްގެ ނަމުގައި ހިންގަވަމުން ގެންދަވައެވެ.