އަލްފާޟިލް މުޙައްމަދު ކަލޭފާނު
ހ.އާގަދަގެ

           ޖަމާޢަތުގެ ފައިދާއަށް ކަންތައް ކުރާމީހުން ރާއްޖޭގައިވެސް އަންނަނީ، ގިނަވަމުންނެވެ. އެމީހުން އެކަން ކުރަނީ އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ފަސޭހަވާނެ، މަންފާއެއް ކުރާނެ ކަމެއް ކޮށްދިނުމުގެ މާތް ނިޔަތުގައެވެ. މިގޮތުން މަދަރުސާއާއި، މިސްކިތްފަދަ ތަންތަންވެސް ބިނާކުރަމުން ގެންގޮސްފައިވެއެވެ.

           ރާއްޖޭގައި އަމިއްލަ މީހެއްގެ ޚަރަދުގައި މިސްކިތެއް ބިނާ ނުކުރާތާ ދުއިސައްތަ ވަރަކަށް އަހަރު ވޭތުވެ ދިޔުމަށްފަހު އަލްފާޟިލް މުޙައްމަދު ކަލޭފާނު (ގަދަގޭ މުޙައްމަދުފުޅު) ބިނާކުރެއްވި މިސްކިތް، މަސްޖިދުއްނޫރު ހިމެނުނީ، އަމިއްލަ މީހެއްގެ ޚަރަދުގައި މިދެންނެވި މުއްދަތަށްފަހު ބިނާކުރެވުނު ފުރަތަމަ މިސްކިތް ކަމުގައެވެ.