އަލްފާޟިލް މޫސާ މުޙައްމަދު
ފިނިވާގެ / ލ.ހިތަދޫ

          މިޒަމާނުގެ ދަނޑުވެރިކަމުގެ ބައެއް ރޮނގުރޮނގުން އެކަމުގެ މާހިރެއްގެ ކިބައިން ހިސާބަކަށް މަޢުލޫމާތު ހޯއްދަވައި، ފަލަމަޑީގެ ބައެއް ބާވަތާއި އަދި ރާއްޖޭގައި ގެންގުޅޭ އެނޫންވެސް ބައެއް ތަކެތި ހެއްދެވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި އެއިން ލިބޭ ފައިދާއިން އޭނާގެ އާއިލާގެ ދިރިއުޅުން ތަނަވަސް ކުރައްވައި، ޢާއްމުކޮށް އަތޮޅުގެ މީހުންނަށް، ޚާއްޞަކޮށް ރަށުގެ އެކިއެކި މީސްމީހުންނަށް މިމަސައްކަތްކުރުމަށް ހިތްވަރު ދެއްވައި، އެކަމުގެ ފައިދާ މީސްތަކުންނަށް އަންގަވައި ދެއްވާފައިވެއެވެ. އަދި މިމަސައްކަތް ކުރެއްވުމުގައި މިޒަމާނުގެގޮތަށް ދަނޑުވެރިކަން ކުރައްވަމުން ގެންދަވައެވެ.