އަލްފާޟިލާ އާމިނަތު ފާއިޒާ
ގ.ޑޭޒީމާގެ

           ޤައުމީ އަދި ޢިޝްޤީ ޅެން ހެއްދެވުމުގައި އާމިނަތު ފާއިޒާއަކީ، މުޅި ރާއްޖެއަށް މަޝްހޫރު ބޭފުޅެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އޭނާއަކީ، ފަރިވެ ފޮޅިފައިވާ ޑޭޒީ މަލެވެ. ދިވެހި އަދަބިއްޔާތުގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ ޅެންވެރިކަމުގެ މަސައްކަތަށް އޭނާ ނުކުންނެވީ، ސްކޫލް ދައުރުގައެވެ. ރާއްޖޭގައި އުފެދުނު ކުޅަދާނަ، މަޝްހޫރު ޅެންވެރިންނާ އެއް ސަފުގައި އޭނާ ގުނާލެވެއެވެ.