އަންނަބީލާ އާމިނަތު ޙުސައިން
ގ.ބޮޑުފެންވަޅުގެ

           ދިވެހިބަހަކީ ދިވެހީންގެ ރަސްމީބަހުގެ ގޮތުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖްލިސްގައި އަންނަބީލާ އާމިނަތު ޙުސައިން ވަކާލާތު ކުރައްވާފައިވެއެވެ. އަދި ހިޖުރީގޮތުން 1365 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދެވަނަ ދުވަހު އޭރުއޮތް ސަރުކާރުން އުފެއްދެވި ބަސް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އުޅުއްވާފައިވެއެވެ.

         ވޭތުވެގެންދިޔަ ތިރީހަކަށް އަހަރު ދުވަހަށްވުރެވެސް ދިގު މުއްދަތަކަށް މެދުކެނޑުމެއްނެތި އޭނާގެ ލިޔުއްވުންތައް އަޅުގަނޑުމެންނަށް ފެންނަމުން ގޮސްފައިވެއެވެ.

            އަންނަބީލާ އާމިނަތު ޙުސައިނަކީ، ޅެންވެރިކަމުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަސަރުގަދަ ޅެންތައް، ތަފާތު މައުޟޫޢުތަކަށް ފަސޭހަފުޅުކަމާއެކު ހައްދަވާފައިވެއެވެ. އޭގެ ތެރޭންވެސް "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" މިޅެމަކީ، ވަރަށްވެސް އަސަރުގަދަ ރީތި ޅެމެކެވެ. އޭނާއަކީ، ޅެންވެރިކަމުގެ ގުލްޒާރުގައި ވައިލެޓް މަލެވެ.