![](https://storage.googleapis.com/presidency.gov.mv/Photos/173111_57111e47-b_.png)
ގ.މަންޒިލް
އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަކީ، ލިޔުމުގެ މުދައްރިސެކެވެ. ދަރިވަރުންނަށް ރީތިކޮށް ލިޔަން ދަސްކޮށްދެއްވާ ބޭފުޅެކެވެ. ކެތްތެރި، މަޑުމައިތިރި މިޒާޖެއްގެ މި މުދައްރިސަކީ، އޭނާގެ ކޮންމެ ދަރިވަރަކުވެސް ނުހަނު އިޙްތިރާމުކުރާ މުދައްރިސަކަށްވުމުގެ ޝަރަފު ލިބިލައްވާފައިވެއެވެ.
އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ރީތި ލިޔުއްވުންތަކަކީ، ވަރަށް ގިނަ ބަޔަކު އެލިޔުންތަކަށް ތަޢުރީފުކުރާ ލިޔުންތަކެކެވެ.