އަލްފާޟިލް ޢަލީ ޙުސައިން
މ.ވާރޭވިލާ

          ރާއްޖޭގައި ޗާޕުގެ މަސައްކަތް މިހާރުގެ ފެންވަރަށް ތަރައްޤީވެގެން އައީ، އަލްފާޟިލް ޢަލީ ޙުސައިންގެ އަމިއްލަފުޅު ހިތްވަރާއި އޭނާގެ މުރާލިކަމުން، ރެއާދުވާލު ކުރެއްވި މަސައްކަތްޕުޅެއްގެ ނަތީޖާއެއްގެ ގޮތުންނޭ ދެންނެވިދާނެއެވެ. ޢަލީ ޙުސައިނަކީ،  ޗާޕުކުރުމުގެ މަސައްކަތް އެންމެ ކުރިއްސުރެ ކުރައްވަމުން ގެންދެވި ބޭފުޅަކަށް ވުމާއެކު، ސާދާ ޗާޕުޚާނާގެ ނަމުގައި އަތުން އަނބުރާ މެޝިނަކުން ކުރައްވަން ފެއްޓެވި މިމަސައްކަތް ފުރަތަމަ އޭނާ ކުރައްވަމުންގެންދެވީ، ޚުދް އޭނާ މެޝިނު އަނބުރުއްވައިގެންނެވެ. އާދައިގެ އިސްޓެންސިލްގައި ލިޔެގެން ކުރަހައިގެން ވަރަށް ގިނަ ވާހަކަ ފޮތާއި މަޖައްލާ ނެރުއްވާފައިވެއެވެ.

         ޢަލީ ޙުސައިނަކީ، މަސައްކަތުގެ ފެންވަރު ރަނގަޅު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކޮންމެ ކޮންމެ ގޮތަކަށް މަސައްކަތް ނިންމާލައްވާފައި ދޫކޮށްލެއްވުމުގެ ބަދަލުގައި، ވީހާ ރަނގަޅަށް ވީހާ ފުރިހަމައެއްކޮށް ކަންތައްތައް ކުރެއްވޭތޯ އަބަދުވެސް ބައްލަވާ ބޭފުޅެކެވެ. ނަތީޖާއަކަށްވީ، ޗާޕުގެ ފެންވަރު ތަރައްޤީކުރައްވަމުން ފުޅާ ކުރައްވަމުން ގެންދަވައި ދުނިޔޭގެ ފެންވަރަށް އެކަން ތަރައްޤީވެގެން ދިއުމެވެ.