އަލްއުސްތާޛު މުޙައްމަދު ލުޠުފީ
ގ.ސޯސަނީ

އަލްއުސްތާޛު މުޙައްމަދު ލުޠުފީއަކީ، ތާރީޚަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ، ރާއްޖެތެރޭގައި ވަރަށް ގިނައިން ދަތުރުފުޅު ކުރައްވާ އުޅުއްވަން ދިމާވެފައިވާ ބޭފުޅަކަށްވާތީ، ރާއްޖެތެރޭގައި ހުރި ތާރީޚީ ތަންތަނާއި އެކިއެކި ކަންތައްތަކާ ދޭތެރޭގައި ވަރަށްގިނަ ހޯއްދެވުންތަކެއް ހޯއްދަވައި އަދި އެކަންކަން ލިޔުއްވައި އެކަމާ ދޭތެރޭގައި ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަލްއުސްތާޛު މުޙައްމަދު ލުޠުފީއަކީ ތާރީޚީ މަސައްކަތް ކުރެއްވުމުގެ އިތުރުން، ރުއްގަސް އިންދާ ހެއްދެވުމުގެ ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ. އޭގެތެރޭގައި ކާބޯތަކެތީގެ ބައެއް ގަސް، ޚާއްޞަކޮށް، ލުނބޮޔާއި ބަނބުކެޔޮ ފަދަ ގަސްގަސް އިންދައި ހައްދަވަން މަސައްކަތް ކުރައްވާފައިވެއެވެ. ގަސް އިންދައި ހެއްދެވުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ސައިންޓިފިކް އުޞޫލުން އެކަން ކުރައްވަމުން ގެންދަވާތީއެވެ.