އަލްފާޟިލް ޙަސަން އަޙްމަދުމަނިކު
މ.ކޮލިގެ

އަލްފާޟިލް ޙަސަން އަޙްމަދުމަނިކަކީ، ސްކޫލް ދައުރުއްސުރެ ރާއްޖޭގެ ތާރީޚަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެއްވަމުންގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ ތާރީޚީ ކަންތައްތައް ދިރާސާކުރައްވައި ރާއްޖޭގެ މުހިންމު މަޢުލޫމާތުތައް އެއްކުރައްވައި ހައްދަވަމުން ގެންދަވައެވެ. އޭނާގެ މި މަސައްކަތް ފުޅާކުރެއްވުމުގެގޮތުން ބޭރު ބަސްބަހުން ރާއްޖެއާބެހޭގޮތުން ލިޔެވިފައި ހުންނަ ލިޔުންތައް ހޯއްދެވުމުގެ އިތުރުން ރާއްޖޭގެ ތާރީޚު ބޭރުމީހުންނަށްވެސް އެނގޭނޭގޮތަށް އިނގިރޭސިބަހުންވެސް ލިޔުއްވާފައިވެއެވެ.

އަލްފާޟިލް ޙަސަން އަޙްމަދުމަނިކުގެ މިޚިދުމަތަށްޓަކައި ސަރުކާރުން ދެފަހަރަކު އޭނާއަށް ހިތްވަރުދިނުމުގެ އިނާމު ދެއްވާފައިވެއެވެ.