އަލްފާޟިލް ޢަލީ ފަހުމީ
މއ.ތަބައްގެ

ރީތިކޮށް ތާނަ ޢަރަބި ލިޔުއްވުމަށް ރާއްޖެއަށް މަޝްހޫރު ބޭބޭފުޅުންގެ ތެރެއިންވެސް އަލްފާޟިލް ޢަލީ ފަހުމީއަކީ، ލާމަޘީލު މިސާލެކެވެ. ޚާއްޞަކޮށް ޢަރަބި ލިޔުމުގެ ރޮނގުންނެވެ. ފަހަކަށް އައިސް ޢަރަބި ލިޔަން ކުޅަދާނަ މޮޅު ޒުވާން ލިޔުންތެރިން އުފެދިފައިވިނަމަވެސް، މަޝްހޫރު ތަބައް ޢަލިފުޅުގެ ލިޔުމާ އެއްފެންވަރަކަށް ނުލިޔެވެއެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. އޭނާ ޢުމުރުން ދުވަސްވުމަކުން ލިޔުކަމަށް ކުޑަވެސް ބަދަލެއްނާދެއެވެ.

އަލްފާޟިލް ޢަލީ ފަހުމީ (ތަބައް ޢަލިފުޅު)ގެ ލިޔުންތައް ވަރަށްގިނަ މަޢުރަޟަށް ހުށަހެޅި، އެއްވަނަ ލިބިފައިވެއެވެ.